މިމަހު 13-26 އަށް ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލް ކޮށްފިއެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖޭގެ ފުޓްސަލް ޓީމުން ފަރިތަކުރުމުން އަންނަ އިރު، މިވަގުތު ޓީމު ތިބީ ޗައިނާގައި ކޭމްޕް ކޮށްގެންނެވެ. މުބާރާތަށް ދާ ރާއްޖޭގެ ޓީމަކީ އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކީރޯވްއެވެ.

ރާއްޖޭ ޓީމުން ޗައިނާގައި 10 ދުވަހުގެ ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރުމަށް ނިންމާފައިވާ އިރު، ޗައިނާށް ދިޔައީ 17 ކުޅުންތެރިންނާ އެކުގައެވެ. އެ ސްކޮޑު މިހާރު 14 އަށް ކުޑަކޮށްފައިވާ އިރު، ޗައިނާއަށް ދިޔަ ކުޅުންތެރިންގެ ތެރެއިން ސްކޮޑުން ބާކީވި ކުޅުންތެރިންނަކީ މުހައްމަދު އިސާމް (ޝަންޓެ)، އިސްމާއިލް ވަޖީހު (ވައްޖެ) އަދި ގޯލްކީޕަރު، މުހައްމަދު ލުފްސާން (ޕަފް) އެެވެ.

ގައުމީ ފުޓްސަލް ޓީމުން ޗައިނާ ކޭމްޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، މިއަދު ކުޅުނު މެޗުން ވަނީ 2-2 އިން އެއްވަރުވެފައެވެ. ޓީމު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޗައިނާއިން ތައިލެންޑަށް ދާނެއެވެ.

ސާފުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކުރިއަށްދާނީ ތައިލެންޑުގެ ނޮންތަންބުރީގައެވެ. އެ މުބާރާތުގައި ހަތް ޓީމުން ވާދަކުރާނެއެވެ. މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޕާކިސްތާނާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލްގެ އިތުރުން ބޫޓާނާއި ސްރީ ލަންކާއެވެ.

https://www.facebook.com/photo?fbid=122193370892577279&set=a.122100667322577279

ސާފަށް ދާ ރާއްޖޭގެ ސްކޮޑު

  • އިބްރާހީމް ނާޖިހު / ގޯލްކީޕަރު
  • ޒައިދާން އަހުމަދު / ގޯލްކީޕަރު
  • އަލީ ޝިޔާހް
  • އަހުމަދު ހަމީދު (އަންމަޑޭ)
  • އިޝާން އިބްރާހީމް (ސައްޓު)
  • ހުސައިން ޝަރީފް (އޮންލީ)
  • މުހައްމަދު އިމްރާން (އިންމި)
  • އަބްދުﷲ ޝާފިއު (ޝާއްޕެ)
  • ހުސައިން ސުހައިލް (ސޮކޭ)
  • ހުޒައިފަތު ރަޝީދު (ހުޒޭ)
  • އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)
  • އަބްދުﷲ ޖުނައިދު (ޖޭއްނެ)
  • އަލީ ހައިސަމް (ޗުމްޕު)
  • އަލީ ޝަމާލް އަބްދުﷲ (ޝަންމު)