އެމެރިކާއިން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަކިވާން ނިންމައިފިއެވެ.

އެމެރިކާގެ ވައިޓްހައުސް އިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ގައުމު ބައިވެރިވެފައިވާ ޖަމިއްޔާ ތަކުން ވަކިވުމަށް ނިންމާފައިވާކަމަށް އާންމުކޮށްފައެވެ.

އެމެރިކާއިން ވަނީ އދގެ އެޖެންސީތައް ހިމެނޭހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން 66 ޖަމިއްޔާ އަކުން ވަކިވާން ނިންމާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ވަކިވާން ނިންމާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރޭގައި ކްލައިމެޓް ޗޭޏްޖައި ޕީސް ޖަމިއްޔާތަކުގެ އިތުރުން ޑިމޮކްރަސީއާ ގުޅުންހުރި ބައެއް ޖަމިއްޔާތައް ހިމެނެއެވެ.

ވައިޓްހައުްސް އިން ވަނީ އެމެރިކާއިން ވަކިވާން ނިންމާ 66 ޖަމިއްޔާއިން ވަކިވުމަށްފަހު އެ ޖަމިއްޔާތަކަށް ފަންޑުކުރުންވެސް ހުއްޓާލާނެ ކަމަށް ފާހަގަކޮށްފައެވެ.

އެެމެރިކާއިން ވަކިވާން ނިންމާފައިވާ 66 ޖަމިއްޔާގެ ތެރޭގައި އދގެ 31 ޖަމިއްޔާ ހިމެނެއެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅޭ މުހިންމު ޖަމިއްޔާތަކެއް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އދގެ އެންމެ މުހިންމު ކަމަށް ބެލެވޭ ޔޫއެންއެފްޕީއޭ އާއި ޔޫއެން ޑިމޮކްރަސީ ފަންޑު ފަދަ މުހިންމު ޖަމިއްޔާތައް އެމެރިކާގެ ލިސްޓުގައި ހިމެނެއެވެ.