މިއަހަރުގެ ފުރަތަމަ ހަ ދުވަހު 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ ދުވަހު 43،481 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.6 ޕަސަންޓުގެ ކުރިއެރުމެއްކަމަަށް ތަފާސްހިސާބުގައިވަނީ ފާހަގަކޮށްފައެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 37,928 ފަތުރުވެރިންނެވެ.
މި އަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެެ އައި ފަތުރުވެރިން:
ޖަނަވަރީ 1: 5,929 ފަތުރުވެރިން
ޖަނަވަރީ 2: 7,655 ފަތުރުވެރިން
ޖަނަވަރީ 3: 8,082 ފަތުރުވެރިން
ޖަނަވަރީ 4: 7,930 ފަތުރުވެރިން
ޖަނަވަރީ 5: 6,136 ފަތުރުވެރިން
ޖަނަވަރީ 6: 7,749 ފަތުރުވެރިން
މިއަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ރަޝިއާއިން 9،137 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. އިޓަލީ ދެވަނައިގައި އޮތްއިރު އެ ގައުމުން ރާއްޖެ އައިސްފައިވަނީ 7،047 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 2،859 ފަތުރުވެރިންނެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް