ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބާރުއެޅުމުގެ ގޮތުން، ކްރޮސް ސަބްސިޑީގެ ދަށުން ރަށްރަށާއި ފަޅުތައް ދޫކުރާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ އުސޫލުތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ގެނެސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ކޮންސެޝަން ރޭޓުތަކާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް މި ލުއިތައް ލިބިގެންދާނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށް އެކަނި ކަމަށެވެ.
ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައަޅާނީ ކަނޑައެޅިފައިވާ ބޭސް ރޭޓާއި، ބިމުގެ ބޮޑުމިނަށް ބަލައި ހެކްޓަރަކަށް ޖެހޭ އަދަދުގެ އިތުރުން ސައިޒް ޕްރީމިއަމް އެއްކޮށްގެންކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ ތެރެއިން 20 އާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް މާފުކޮށްދީފައިވާއިރު، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކުން ޕްރީމިއަމްގެ ގޮތުގައި ނަގާނީ 500,000 އެމެރިކާ ޑޮލަރުކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބަދަލާއެކު އެކި ސަރަހައްދުތަކުން އަގު ނަގާނެ މިންވަރު:
- ހއ، ހދ، ށ، ތ، އަދި ސ. އަތޮޅު: މި ސަރަހައްދުތަކުގެ ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރެވެ. އަދި ބިމުން ކޮންމެ ހެކްޓަރަކަށް ޖެހޭނީ 35,000 އެމެރިކާ ޑޮލަރެވެ.
- ލ. އަތޮޅު: މި އަތޮޅުގެ ބޭސް ރޭޓަކީ 700,000 އެމެރިކާ ޑޮލަރެވެ. އަދި ކޮންމެ ހެކްޓަރަކަށް ޖެހޭ އަގަކީ 60,000 އެމެރިކާ ޑޮލަރެވެ.
މީގެއިތުރުން، ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން ކަށަވަރުކުރުމަށް ބަލާނީ މީން ޓައިޑް ލައިންގެ އެތެރޭގެ ސަރަހައްދު ސާވޭކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ފަޅު ހިއްކުމުގެ ހުއްދަ ދިނުމުގައި ވެސް ލުއި ލިބޭނެ ކަމަށާއި، އެގޮތުން ހިއްކާ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ދެއްކުމުން ހުއްދަ ލިބޭއިރު، އެ އަގު ހިސާބުކުރާނީ އެ އަތޮޅެއްގެ ހެކްޓަރު ރޭޓުން ހިއްކާ ސަރަހައްދުގެ ބޮޑުމިނަށް ބަލައި ޖެހޭ ޖުމްލަ އަގުގެ 70 ޕަސަންޓުކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
ކޮމެންޓް