ބޭ އޮފް ބެންގަލްގައި ބާރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މިސްރާބު ހުރީ ސްރީ ލަންކާއަށް ކަމަށް އެގައުމުގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އިން ބުނެފިއެވެ.
ސްރީ ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ އިން ވަނީ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ލޯ ޕްރެޝާ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ ބާރު ގަދަވެ ޑިޕްރެޝަން އަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެކޮޅިގަނޑުގެ މިސްރާބު ހުރީ ލަންކާގެ އައްސޭރި ފަށުގެ ސަރަހައްދަށް ކަމަށާއި ކޮޅިގަނޑުގެ ނުރައްކާ ބޮޑު ކަމަށެވެ.
ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީއިން ވަނީ މާދަމާގެ ވަގުތެއްގައި އެގައުމުގެ އުތުރު އަދި މެދުތެރެ އާއި އިރުމަތީ ސަރަހައްދަށް ކޮޅިގަނޑުގެ އަސަރުކުރާނެ ކަމަށް ލަފާކޮށްފައެވެ.
އެއިދާރާއިން ވަނީ ކޮޅިގަނޑުގެ ބާރުމިން ހުރިވަރުން 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނާތީ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ ވަނީ ގަޑިޔަކު 50 ކިލޯމީޓަރަށް ވުރެ ބާރަށް ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައެވެ.
މުހައްމަދު އައުޒަމް
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް