މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލެ ފޭސް ދޭއްގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން، ސަރުކާރުގެ ގެޒެޓުގައިކުރި އެ އިއުލާނުގައި ބުނީ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަމަށެވެ.

އެހެންކަމުން އެ މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަށް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރުުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބީލަން ހުޅުވުން އޮންނާނީ މިއަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރުކަމަށް، ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމަށް ފީއެއްގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ދައްކަންޖެހޭނެ ކަމަށާއި، ބިޑް ސެކިއުރެޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަންޖެހޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ހިންގާ ހައުސިން މަޝްރޫއަށް ދީފައިވާ ނަމަކީ "ނިއަމް ރެސިޑެންސް" އެވެ.