އަންނަ އެޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7000 އޮފިޝަލުން ތަމްރީން ކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެކަަމަށް ބޭނުންވާ އޮފިޝަލުން ތަމްރީނު ކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގުރާމު މިއަދު ވަނީ އީސީން ފަށައިފައެވެ.
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މާލޭ ގައި، ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށިގެން، މިމަހުގެ ނުވައެއްވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
މި ޓްރެއިނިން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިން ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.
މިއީ އިންތިހާބު ކުރިއަށްދާއިރު މާލެ އާއި އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުމުގެ މަގުސަދުގައި ހިންހާ ޓްރެއިނިން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެއެވެ.
މި ޓްރެއިނިން ޕްރޮގްރާމަށްފަހު މާލެއާއި، އަތޮޅުތަކުގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިމަހު 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އީސީން ބުންޏެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު