އިންޑިއާގައި ތަގައްޔަރުވެފައިވާ ފެން ބުއި 9 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ މެދުތެރޭ އިންޑޯ ސިޓީގައި ތަގައްޔަރުވެފައިވާ ފެން ބުއި މީހުންގެ ތެރެއިން 9 މީހަކު މަރުވެފައިވާއިރު 200 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޯ ސިޓީގައި އިއްޔެ ހިނގި އެހާދިސާގައި ތަގައްޔަރުވެފައިވާ ފެން ބުއި މީހުން ބޭރަށް ހިނގުމުގެ އިތުރުން ސިއްހީ އެހެން މައްސަލަތައް ކުރިމަތިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޯ ސިޓީގެ ޗީފް މެޑިކަލް އޮފިސަރު މަދަވް ޕްރަސާދު ހަސަނީ ވަނީ ބޯފެން ތަގައްޔަރުވެފައި ވަނީ ލީކެއްގެ ސަބަބުން ކަމަށާއި ފެން ޓެސްޓު ކުރުމަށް ނުރައްކާތެރި ބެކްޓީރިއާއެއްގެ އަސަރު ފެންނަން ހުރިކަމަށް ބުނެފައެވެ.
ތަގައްޔަރުވި ފެން ބުއި މީހުން އުޅޭ ސަރަހައްދުގައި ޑޮކްޓަރުންނާއި ސިއްހީ އޮފިޝަލުންގެ ޓީމުތައް ހަރަކާތްތެރިވަމުން އަންނަ އިރު އެސަރަހައްދުގެ ހުރިހާ ގެއެއްގައި ދިރިއުޅޭ މީހުން ޓެސްޓުކޮށް ފެން ސާފުކުރުމަށް ކްލޮރިން ދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް