ރ. ދުވާފަރަށް މަސްތުވާތަކެތިި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު، ގުލްފާމުގެ، އަބްދުﷲ ހައްސާން (39އ)، ރ. ދުވާފަރު، އުޖާލާއަލި، އަބްދުﷲ ޝާއިފް (25އ) އަދި ރ. ދުވާފަރު، މެހެލި، އިސްމާއީލް މުހައްމަދު (21އ) އެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓާ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތުއެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެއެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިންނެވެ..،" ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ހައްސާން ފަސް ދުވަހަށް އަދި ދެން ތިބި ދެ މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް