އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ސެނެގާލާއި ނައިޖީރިއާއިން ފުރިހަމަ ރެކޯޑަކާއެކު ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.
ރޭ ގްރޫޕް ސީއާއި ޑީގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް ސީން ޓަންޒޭނިއާއާއި ޓިއުނީޝިއާގެ އިތުރުން ނައިޖީރިއާ ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.
ނައިޖީރިއާއިން ރޭ ކުޅުނު މެޗުގައި ޔުގަންޑާ ކައިރިން 3-1 އިން މޮޅުވި އިރު، އެޓީމުގެ ގޯލްތައް ޖެހީ ޕައުލް އޮނުއަޗޫއާއު ރަފޭލް އޮނީޔެޑިކާއެވެ. ޔުގާންޑާގެ ހަމައެކަނި ގޯލް، ރޮޖާސް މަޓޯ ޖެހި އިރު، އެޓީމުގެ ޖަމާލް ސާލިމަށް ވަނީ ފުރަތަމަ ހާފުގައި ރަތް ކާޑު ދައްކައިފައެވެ.
ޓަންޒޭނިއާއިން ޓިއުނޭޝިއާ ކައިރިން 1-1 އިން ހިފަހައްޓާލާފައިވާ އިރު، ޓިއުނީޝިއާގެ ގޯލް ޖެހީ އިސްމާއީލް ގަރްބީއެވެ. ޓަންޒޭނިއާގެ ގޯލް ޖެހީ ފެއިސަލް ސަލޫމެވެ. ޓަންޒޭނިއާއަށް ގަދަ 16 ލިބެނީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނިގެންނެވެ. އެ ގްރޫޕްގެ ދެވަނައަކީ ޓިއުނީޝިއާއެވެ.
ގްރޫޕް ޑީގައި ވަރުގަދަ ސެނެގާލުން ބެނިން ބަލިކުރި އިރު، އެ މެޗުގެ ނަތީޖާއަކީ 3-0 އެކެވެ. ސެނެގާލްގެ ގޯލްތައް ޖެހީ އަބްދުއަލާޔޭ ސެކާއި ހަބިބޫ މޯހަމަދޫ ޑިއާލޯއެވެ. ޑިއާލޯ ދެ ގޯލް ޖެހި އިރު، އެޓީމަށް ކުރިމަތިވި މާޔޫސްކަމަކީ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ރަތް ކާޑެއް ދެއްކުމެވެ. އޭނާއަށް ގަދަ 16 މެޗު ގެއްލޭނެއެވެ.
އެ ގްރޫޕުން ދެން ގަދަ 16 ޔަގީންކުރި ކޮންގޯއިން ބޮޓްސްވާނާ ކައިރިން މޮޅުވީ 3-0 އިންނެވެ. އެ މެޗުގައި ކޮންގޯގެ ގޯލްތައް ޖެހީ ނަތަނައެލް އެމްބޫކޫ އަދި ގައެލް ކަކޫޓާއެވެ. ކަކޫޓާ ވަނީ މެޗުގައި ދެ ގޯލް ޖަހައިދީފައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން