އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ https://funrun.ooredoo.mv އަށް ޒިޔާރަތްކޮށް، ފަން ރަން ބިބް ނަމްބަރު ޖެހުމުން އެ ބިބް ނަންބަރު ފެންނަ ފަރާތްތަކުގެ ފޮޓޯތައް ފެނިގެންދާނެ ކަމަށާއި އެ ފޮޓޯތައް ޑައުންލޯޑު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެ ޕްލެޓްފޯމް މެދުވެރިކޮށް ދުވުންތެރިންނަށް ފަން ރަންގެ ތަޖުރިބާ އާކޮށް، ފޮޓޯތައް ޑައުންލޯޑްކޮށް، ރާއްޖޭގެ އެންމެ އުފާވެރި ދުވުމުގެ ހަނދާންތައް ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2025 އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ފަންރަންއެވެ. އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ކޯޕަރޭޓް ޓީމުތަކާއި، ފިޓްނަސްއަށް ލޯބިކުރާ ފަރާތްތަކުން ހުޅުމާލޭގެ މަގުތަކަށް ނުކުމެ ކުލަ ގަދަކޮށް، ހަކަތަ އާއި އެއްބައިވަންތަކަން ވަނީ ދައްކުވައިދީފައެވެ. އުރީދޫ ފަން ރަން އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިންތިޒާރު ބޮޑު ކޮމިއުނިޓީ ފިޓްނަސް އިވެންޓެވެ.

ބިބް ބޭސްޑް ފޮޓޯ ސާޗް ފީޗާ ތައާރަފުކުރުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ފަން ރަންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަކޮށް، އިވެންޓް ނިމުމުން ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިންނަށް ހިތްގައިމު ވަގުތުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.

އުރީދޫ ފަން ރަން 2025 ކާމިޔާބުކުރުމަށް އެހީތެރިވެދިން ހުރިހާ ބައިވެރިންނަށާއި، ޕާޓްނަރުންނަށާއި، ވޮލަންޓިއަރުންނާއި ސަޕޯޓަރުންނަށް އުރީދޫ މޯލްޑިވްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.