ނައިޖީރިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ކުރީގެ ވޯލްޑް ހެވީވެއިޓް ބޮކްސިން ޗެމްޕިއަން، އިނގިރޭސިވިލާތުގެ އެންތަނީ ޖޯޝުއާއަށް އަނިޔާވެ، އޭނާގެ ގާތް ދެ އެކުވެރިން މަރުވެއްޖެއެވެ.
ނައިޖީރިއާގެ އޮގުން ސްޓޭޓްގައި ހިނގި ކާރު އެކްސިޑެންޓަކީ ދެ ކާރެއް ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެފައިވެއެވެ. އެ އެކްސިޑެންޓްގައި ބޮކްސިން ތަރި ޖޯޝުއާއަށް ކުދިކުދި އަނިޔާ ލިބުނު ނަމަވެސް، އޭނާއާއެކު ދެން ކާރުގައި ތިބި ގާތް ދެ އެކުވެރިން އަދި ޓީމް މޭޓުން ކަމަށް ސިނާ ގާމީއާއި ލަތީފް އަޔޮޑޭލީ މަރުވެފައިވާ ކަމަށް މެޗްރޫމް ބޮކްސިންއިން ބުނެފައިވެއެވެ.
އެކްސިޑެންޓްގައި ޖުމުލަ ފަސް މީހަކަށް އަނިޔާތައް ލިބިފައިވާ އިރު، ހަބަރުތައް ބުނެފައި ވަނީ ޖޯޝުއާއަށް މިވަގުތުވެސް ފަރުވާ ދެމުންދާ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ނުލިބުނު ނަމަވެސް، މިވަގުތު ދަނީ އެކިއެކި ޓެސްޓުތައް ހަދަމުން ކަމަށްވެސް ޕްރޮމޯޓާ، މެޗްރޫމް ބޮކްސިންއިން ބުނެފައިވެއެވެ.
ހަބަރުތައް ބުނީ ޖޯޝުއާއާއި އެކުވެރިން ދުއްވި ކާރު ދިޔައީ ބާރު ސްޕީޑުގައި ކަމަށާއި، ކާރުގައި ޖެހިފައި ވަނީ ކޮންޓްރޯލް ނުވެގެން ކަމަށެވެ. ޖޯޝުއާ އިން ކާރު ދުއްވަން އިނީ ކާކު ކަމެއް އަދި އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް