އާ އަހަރުގެ ފެށުން ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

ވިޒިޓް މޯލްޑިވްސް އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް މާދަމާ އިން ފެށިގެން އަންނަ މަހުގެ 1 އަށް، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގައި ކުޑަކުދިންގެ ހަވީރާއި ރޮބޯ މޭން، ސަގާފީ ކުޅިވަރުތަކާއި ފުޑް ސްޓޯލްތައް އަދި ސްޓޭޖް ޝޯ އާއި އެހެނިހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަންވަނީ ރާވައިފައެވެ.

އާ އަހަރުގެ ފެށުން ފާހަގަކުރަން 31 ވަނަ ދުވަހުގެ ރޭ ބާއްވާ ޝޯގައި ޑްރޯން ހަރަކާތްތަކާއި ހަވާ އަރުވަންވެސް ވަނީ ނިންމައިފައެވެ. އަދި ހަމަ އެ ޝޯގައި 1438 ފަދަ ބޮޑުބެރު ގްރޫޕްތައްވެސް ފެނިގެންދާނެއެވެ.