އެފްރިކާގެ ގައުމުތަކުން ވާދަކުރާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް 2026 ގެ ގަދަ 16 އިން އަލްޖީރިއާ ޖާގަ ހޯދި އިރު، އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓުން ކެމަރޫނާ އެއްވަރުވެއްޖެއެވެ.
ގްރޫޕް އީގައި އަލްޖީރިއާއިން ރޭ ކުޅުނު މެޗުގައި ބުރްކީނޯ ފާސޯ ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ދެން ކުޅުނު މެޗުގައި އިކުއެޓޯރިއަލް ގިނީ ކައިރިން ސޫދާން މޮޅުވީ 1-0 އިންނެވެ.
މިވަގުތު އަލްޖީރިއާ އެއްވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބުރްކީނާ ފާސޯއާއި ސޫދާނަށްވެސް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ.
އަލްޖީރިއާއިން ރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ރިޔާދު މަހްރޭޒެވެ. އޭނާ 23 ވަނަ މިނެޓުގައި ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން އިސްމައިލާ އޮއުޑްރޯގޯ، ރަޔަން އައިޓް ނޫރީއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
މެޗުގައި ބުރްކީނާ ފާސޯއަށްވެސް ރަނގަޅު ފުރުސަތައް ލިބުނު ނަމަވެސް، އަލްޖީރިއާގެ ގޯލުގައި ހުރި ލޫކާ ޒިދާންގެ ރަނގަޅު ސޭވްތަކެއް ފެނުނެވެ.
މިހާތަނަށް މުބާރާތުގައި ކުޅުނު އެންމެ ވާދަވެރި އެއް މެޗު، ކެމަރޫނާއި އައިވޮރީ ކޯސްޓް އެއްވަރުވީ 1-1 އިންނެވެ. ގްރޫޕް އެފްގައި ރޭ އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، މޮޒަމްބީގުން ގެބޮން ބަލިކުރީ 3-2 އިންނެވެ.
އެ ނަތީޖާތަކާއެކު އައިވޮރީ ކޯސްޓާއި ކެމަރޫން ހުރިހާ ގޮތަކުންވެސް ހަމަހަމަވެފައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެއާއެކު ދެ ޓީމަށްވެސް ވަނީ ގަދަ 16 ޔަގީންވުމާ ގާތުގައެވެ.
އައިވޮރީ ކޯސްޓުން ތަށި ދިފާއުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ރޭގެ މެޗުގައި އަމަޑް ޑިއޯލާ އެޓީމަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެ ގޯލާއެކު މޮޅުވާން ދަނިކޮށް، މެޗު އެއްވަރުވީ ގިސްލައިން ކޮނާން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން