ވަގަށް ނަގާފައިވާ އައުޓްބޯޑް އިންޖީނެއް ހޯދައި، އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ 140،000 ރުފިޔާގެ އަގުހުރި މި އިންޖީނު ވަގަށް ނަގާފައި ވަނީ، ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ކަމަށެވެ.
ސާޅީސް ހޯސްޕަވަރުގެ މި އިންޖީނެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތް ކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން، އެ އިންޖީނު ހޯދީ މި މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބާ ދަގަނޑު ކިރާ ތަނެއް ބަލައި ފާސްކޮށްގެންނެވެ.
އެތަން ބަލައި ފާސްކުރި އިރު، އިންޖީނުގެ ބައެއް ބައިތައް ވެސް ފެނިފައިވާ ކަމަށާއި ވަގަށް ނެގި އިންޖީނު ހޯދާފައި ވަނީ ބާ ދަގަނޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް ކަަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ކުށް
ކުށް
އެމެރިކާ