އުރީދޫން މިއަދު ހަވީރު ބޭއްވި "އުރީދޫ ފަން ރަން" 7،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ނިންމާލައިފިއެވެ.
އުރީދޫން ބުނި ގޮތުގައި މިއީ ފަން ރަންގައި މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ ފަން ރަން ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އުރީދޫގެ އިސްވެރިންނެވެ.
ފަން ރަންއަކީ އެކި އުމުރުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަޖާ އޮބްސްޓަލްތަކާއި ފޯމް ޕާޓީއާއި ކުލަ ޖެހުން އޮންނަ ދުވުމެކެވެ. މިއީ އަބަދުވެސް އާންމުން ބައިވެރިވުމަށް ޝައުގުވެރިވާ ދުވުމެކެވެ.
ފަން ރަންގެ ތެރެއިން ނަސީބުވެރި ތިން މީހަކަށް ސްރީ ލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާގެ ފަރާތުން ވަނީ ދީފައެވެ.
އަދި ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބިގެންދިޔައެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް