ސައުދީ އަރަބިއްޔާގައި ސަލާން ޖަހަން އުޅުނު ޕާކިސްތާނުގެ 24،000 މީހުން ޑީޕޯޓުކޮށްފިއެވެ.
ސައުދީ އާއި އެކުވެރި އަރަބި އިމާރާތުން، ޕާކިސްތާނަށް ނިސްބަތްވާ ފަރާތްތަކުން އެ ދެގައުމުގައި ސަލާން ޖެހުމާއި ކުށްކުރުން ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ރިޕޯޓުތައް ބުނާގޮތުން ސައުދީން މިއަހަރުގެ މިހާތަނަށް، ޕާކިސްތާނަށް ނިސްބަތްވާ 24،000 މީހަކު ޑީޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ސައުދީގައި ސަލާންޖެހުމުގައި އުޅުނު ބަޔަކު ކަމަށެވެ.
އެކުވެރި އަރަބި އިމާރާތުން ވަނީ އެގައުމުގައި ދިރިއުޅޭ ޕާކިސްތާނުގެ އާންމުންނަށް ވިސާ ދިނުމުގައި ހަރުކަށިކުރަން ފަށައިފައެވެ. އަދި ދުބާއީގައި ދިރިއުޅޭ ޕާކިސްތާނުގެ އާންމުންގެ ތެރެއިން މިއަހަރު މިހާތަނަށް ޕާކިސްތާނަށް ނިސްބަތްވާ 6،000 މީހަކު ޑީޕޯޓުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީން ވަނީ އެގައުމަށް ހައްޖުގެ އިތުރުން އުމްރާއަށް ދާ ޕާކިސްތާނުގެ ފަރާތްތަކަށް ސަލާން ޖެހުން ފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެ، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އަންގައިފައެވެ. އަދި މީގެ އިތުރުން ޕާކިސްތާނުން އުމްރާ އާއި ހައްޖަށް ދާ ފަރާތްތަކަށް ވިސާ ދިނުމުގައި ހަރުކަށިކުރަން ނިންމައިފައެވެ.
މުހައްމަދު އައުޒަމް
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން