ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެމެރާތައް ހަރުކުރަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށެވެ.
ހިޔާ ސަރަހައްދުގައި ހަރުކުރާ ކެމެރާތަކުގެ ސަބަބުން އެ ސަރަހައްދު ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތް ބޮޑުތަނުން ހަރުދަނާވެގެންދާނެ ކަަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ނުވަވަނަ ދުވަހު ހިޔާގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އެފަހަރު ކެމެރާ ހަރުކޮށްފައިވަނީ ހިޔާ ޓަވަރު 13 އަދި 14 ގައެވެ.
އެފަހުން އެ އަހަރުގެ ޖުލައި 20 ވަަނަ ދުވަހު އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުގެ 13، 14، 15 އަދި 16 ގައި 768 ސެކިއުރެޓީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ އެ ކެމެރާތަކުން ހިޔާ ފްލެޓުގެ ބޭސްމެންޓާއި ކޮރިޑޯ ކަވާކުރާ އިރު، ލިފްޓާއި ޓެރެސް ވެސް ކަވާކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޓަވަރުތަކުގައި ހިނގާ މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ