ހދ. ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އައިޑީކާޑާއި ޕާސްޕޯޓު އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފައެވެ.
އިމްގްރޭޝަނުން މިއަދު ބުނީ ހދ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް'ގެ ގޮތުގައި މިހާރު ކުޅުދުއްފުށި ސިޓީ، ހދ. މަކުނުދޫގެ އިތުރުން އެ އަތޮޅު ހަނިމާދޫ ހިޔާރުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ނިމުން ފާހަގަކޮށްފައިވަނީ، އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި އެ ދުވަހު ބޭއްވި ޖަލްސާގައެވެ.
ފާތިމަތު ލިއުޝާ
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް