ފިންޓެކުން ދިރާގު ޕޭ ކަސްޓަމަރުންނަށް ރުފިޔާއަކަށް ވަފްލް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މިފަހަރު މި އޮފާ ލިބިގެންދާނީ މެލްޓްޒްގެ ތިން ކެފޭ ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް، އަދި މެލްޓްޒް ކްރަމްބަލްގައި ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފުރަތަމަ 500 ކަސްޓަމަރުން ހަމަވަންދެން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި ދިރާގު ޕޭގެ މިހާރުގެ ކަސްޓަމަރުންނަށްވެސް، އަދި ދިރާގު ޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ދިރާގު ޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ވަނީ ދާދި ފަހުންވެސް ރުފިޔާއަކަށް ކޮފީ އަދި ޝަވަރުމާ ލިބޭ ޕްރޮމޯޝަންތަކެއް ދިރާގު ޕޭ މާޗަންޓުންނާ ގުޅިގެން ކުރިއަށްގެންގޮސްފައެވެ. މި ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލީ ޔާމިން
ދިރާގު
ދިރާގު
ދިރާގު
ދިރާގު