ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިގުލައިގެންދާ ނަމަ، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު، މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ ކޮށްފައެވެ.

އެކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިހާރު ވެސް ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ޓެކްސްއިން އުނިކުރާ ކަމަށާއި ނަމަވެސް ފުޅާކޮށް އެކަން ނުކުރެވޭ ކަމަށެވެ.

"އެހެން ނަމަވެސް އެއަށް ވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާ ވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތަކަށް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅާކެނޑޭނެ ގޮތެއް، ދެން އޭގައި ގާނޫނީ ގޮތުން ބަލަން އެއްވެސް ކަމެއް އޮތްތޯ ބެލުމާ އެކީގައި، މީރާ އާއި ފިނޭންސާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން،،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި މަސް ނިމޭ އިރު ގިނަ ކުންފުނިތަކަކަށް ފައިސާ ދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބެކްލޮގް ވެސް ރޯދަ މަހާ ހަމައަށް ކްރިލިއާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ، ބިދޭސީން ކުރާ ވިޔަފާރިތަކުގެ ކަންބޮޑުވުމާއި ޑެމެރޭޖު ޖޫރިމަނާ ޑޮލަރުން ދެއްކުން ހިމެނެއެވެ.