މިއަހަރު ރާއްޖޭގައި ފާހަަގަކުރާ، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ، ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އުހުތުންނާއި އަހުންނަށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ގާއިމުވީ، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް ރައީސް އިބްރާހީމް ނާސިރާއި، ރައީސް މައުމޫން އަބްދުލްގައްޔޫމު ހިމެނިވަޑައިގަންނަވާހެން ހަތް ވެރިން ވަނީ ގައުމުގެ ވެރިކަން ކުރައްވާފައެވެ. އެއީ، ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.
މިހާރު މި ކުރިއަށްދަނީ ރައީސުލްޖުމްހރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފައެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ލިބޭ ދިގު ހަފުތާ ބަންދުގައި ހުޅުމާލޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް