ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭ އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކަށް ދިމާވާ ކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެ އާއި ސީޝެލްސްއާ ދެ ގައުމުންވެސް މި ފަހަރުގެ ސަމިޓުގެ ތެރެއިން ބާރުއަޅައި ވަކާލާތު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، ދެ ގައުމުން ބާރުއަޅައި ވަކާލާތު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިއަހަރުގެ ކޮޕް ސަމިޓު ތުރުކީގެ އަންތަލިޔާގައި ކުރިއަށްދާނީ މިމަހުގެ ނުވަޔަކުން 20 އަށެވެ. އަދި ސަމިޓުގެ އެންމެ މުހިންމު ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ސަމިޓު މިއަދާއި މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް