އިރާނުގެ އޮފިޝަލުން ނިއުކްލިއާ މަޝްވަރާތަކަށް ރަޝިޔާއަށް ވަޑައިގެންފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުން އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ރަޝިޔާގެ މޮސްކޯއަށް ވަޑައިގެންފައިވާއިރު ރަޝިޔާގެ މޮސްކޯގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ ''އައިއޭއީއޭ''ގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެއެވެ.
އަރަޗީގެ ދަތުރުގެ ކުރިން ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް އިރާނުގެ މީޑިއާ މެދުވެރިކޮށް ވަނީ އައިއޭއީއޭއިން އިރާނާ ދެމެދު ގެންގުޅޭ ސިޔާސަތުގައި ވަކި ކޮޅަކަށް ނުޖެހި ތިބުމަށް ގޮވާލައްވައިފައެވެ.
ލަވްރޮވް ވަނީ އެމެރިކާއާއި އިސްރާއީލު ގުޅިގެން އިރާނަށް މިދިޔަ ޖޫން މަހު ދިން ހަމަލާ އައޭއީއޭއިން ކުށްވެރި ނުކުރާ ކަމަށާއި އެއިދާރާއިން އިރާނު ތަފާތު ކުރާކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާއާ އެކު އިރާނުން ޖުލައި މަހު ވަނީ އެގައުމުގައި އައިއޭއީއޭއިން ހިންގި އޮޕަރޭޝަން ހުއްޓުވައި އިރާނާއި އެއިދާރާއާ އޮތް ގުޅުން ކަނޑާލުމަށް ނިންމައިފައެވެ.
އަރާޗީ ވަނީ ރަޝިޔާއިން އައިއޭއީއޭއާ އެކު އިރާނުން ބާއްވާ މަޝްވަރާތަކަށް އެހީތެރިކަން ދޭން ނިންމާފައިވާ ކަަމަށް ބުނެ ވަކި މިންވަރަކަށް އެއިދާރާއާ އެކު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.
އިރާނުން ވަނީ އެގައުމުގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމްތައް ބެލުމަށް އައިއޭއީއޭއަށް ދީފައިވާ ހުއްދަ އަތުލައި އިތުރަށް ފުރުސަތު ދިނުން މަޑުޖައްސާލައިފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި