ކުރިން ސެލްޓިކާއި ލިވަޕޫލަށް ކޯޗުކަން ކޮށްދިން ބްރެންޑަން ރޮޖާސް، ސައުދީ ޕްރޯ ލީގުގެ އަލް ގަދްސިއާގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ނޮދަން އަޔަލޭންޑަށް އުފަން، އުމުރުން 52 ރޮޖާސްއަކީ ޔޫރަޕް ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. މީގެ ކުރިން ލިވަޕޫލާއި ލެސްޓާ ސިޓީގެ އިތުރުން ސްކޮޓިޝް ލީގުގެ ސެލްޓިކްގެ ކޯޗުކަންވެސް އޭނާ ކޮށްފައިވާ އިރު، ކެރިއަރުގައި 300 އަށްވުރެ ގިނަ ޕްރިމިއާ ލީގު މެޗުގައި ރޮޖާސް އިރުޝާދު ދީފައިވެއެވެ.
އެޓޭކިން ސްޓައިލް ފުޓުބޯޅައަށް ލޯބިކުރާ ރޮޖާސް މަގާމަށް ހަމަޖެއްސުމަށްފަހު ގަދްސިއާގެ ސީއީއޯ ޖޭމްސް ބުސްގްރޯވް ވިދާޅުވީ އެ ނިންމުމުން ދައްކުވައިދެނީ ކްލަބުން ދުރު ރާސްތާއަށް ވިސްނާ ވިސްނުން ކަމަށެވެ. އަދި ހާއްސަކޮށް ރޮޖާސްއާއެކު ކްލަބުގެ އަމާޒަކީ އޭޝިއާގެ އެންމެ މަތީ ފަންތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޮޖާސްއާއެކު 2014 ވަނަ އަހަރު ލިވަޕޫލުން ލީގުގެ ދެވަނަ ހޯދި އިރު، އެފަހަރު ކްލަބުން ވަނީ އެއް ސީޒަނުގައި ރެކޯޑު 101 ގޯލް ޖަހައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ ލެސްޓާ ސިޓީއާއެކު 2021 ވަނަ އަހަރުގެ އެފްއޭ ކަޕްވެސް ހޯދައިފައެވެ.
ސެލްޓިކުން ރޮޖާސްއާއެކު 11 ތަށި ހޯދި އިރު، އޭނާ އެންމެ ފަހުންވެސް ލެސްޓާއާއެކު ޖެހިޖެހިގެން ދެ ލީގު ތަށި ހޯދިއެވެ.
މުޙައްމަދު ޝަމްޢޫން
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު