ދޯންޏެއް އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުވި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު 11:50 އެހާކަންހާއިރު ށ. ފުނަދޫއިން، އެ އަތޮޅު ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
"މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވޭ. މި މީހާއަކީ 68 އަހަރުގެ ފިރިހެނެއް،" ފުލުހުން ބުންޏެވެ.
ދޯނިން ދަތުރުކުރަމުން ދިޔައީ އެ މީހާ އެކަނި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
ދޯންޏެއް އަޑިއަށްދިޔަ ސަރަހައްދުން ދޯނީގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް