މިއަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި އަހަރުގެ ދެ މިިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުގައެވެ.
ޓޫރިޒަމް މިިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 2،106،122 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،912،304 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު 10 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިކަން ތަފާސްހިސާބުގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުުމުތައް:
- ޗައިނާ: 320،721 ފަތުރުވެރިން
- ރަޝިއާ: 263،172 ފަތުރުވެރިން
- އިނގިރޭސިވިލާތް: 189،513 ފަތުރުވެރިން
- ޖަރުމަނުވިލާތް: 158،585 ފަތުރުވެރިން
- އިޓަލީވިލާތް: 137،188 ފަތުރުވެރިން
ތަފާސްހިސާބުގައިވާ ގޮތުން މިމަހުގެ ފުރަތަމަ 13 ދުވަސް ތެރޭގައި ރާއްޖެ އައިސްފައިވަނީ 84،061 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 12 ޕަސަންޓުގެ އިތުރުވުމެއްކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،466 ފަތުރުވެރިން އަންނަކަންވެސް ތަފާސްހިސާބުގައި ވަނީ ފާހަގަކޮށްފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް