ރ. ދުވާފަރު އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރުކުރުން، ކޮންކްރީޓް މަސައްކަތް، ވަށާފާރު ރޭނުން، އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިޔަން ރުފިޔާއަށް 120 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.