އަންނަ މަހު ތައިލެންްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އެކުލަވާލި 18 ކުޅުންތެރިންގެ ވަގުތީ ސްކޮޑު އިއުލާނު ކޮށްފިއެވެ.
އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން ތަމްރީނުތައް ކުރަމުންދާ އިރު، ފުރަތަމަ ޕްރެކްޓިސް ފެށީ 40 އަށްވުރެ ގިނަ ކުޅުންތެރިންނާއެކުގައެވެ. އޭގެ ފަހުން 25 ކުޅުންތެރިންނަށް ސްކޮޑު ކުޑަކޮށްފައިވާ އިރު، މިފަހަރު އިއުލާނުކުރީ 18 ކުޅުންތެރިންގެ ސްކޮޑެކެވެ.
މިފަހަރު ނެގި ސްކޮޑު ޗައިނާގެ ތަމްރީނު ކޭމްޕަށް ދާން މަސައްކަތް ކުރަމުންދާ އިރު، އެފްއޭއެމްއިން ބުނީ ޗައިނާއަށް ދާނީ 17 ކުޅުންތެރިންނާ އެކުގައި ކަމަށެވެ. މުބާރާތަށް ދާނީ ތަމްރީނު ކޭމްޕަށް ފަހުގައެވެ.
މިއަދު އިއުލާނުކުރި 18 ކުޅުންތެރިންގެ ސްކޮޑުގައި ހަތަރު ކީިޕަރުން ހިމެނެއެވެ. އޭގެ އިތުރުން ކުރެން ހިމެނުނު ނަންތައް ސްކޮޑުން އުނިކޮށްފައިވެސްވެއެވެ. އެގޮތުން އަނިޔާގައި ހުރި އަލީ ހާފިޒު (ހާއްޕެ)އާއި މިހާރު ފުޓުބޯޅައިން ފެނިގެންދާ މުހައްމަދު ފާސިރު (ފާއްޓެ)އާއި އަޔާޒް އަހުމަދު (އަޔާ)ވެސް ސްކޮޑުގައި ނުހިމެނެއެވެ. އަދި ސާމިން މުހައްމަދު ނަސީރު އަދި އަބްދުﷲ ނާސިހުވެސް ސްކޮޑުގައެއް ނުހިމެނެއެވެ.
ސާފުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ޖެނުއަރީ 13-26 އަށް ކުރިއަށްދާނީ ތައިލެންޑުގެ ނޮންތަންބުރީގައެވެ. އެ މުބާރާތުގައި ހަތް ޓީމުން ވާދަކުރާނެއެވެ. މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޕާކިސްތާނާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލްގެ އިތުރުން ބޫޓާނާއި ސްރީ ލަންކާއެވެ.
މިއަދު އިއުލާނުކުރި 18 ކުޅުންތެރިންގެ ފުޓްސަލް ސްކޮޑު
- މުހައްމަދު ލުފްސާން (ޕަފް)/ ގޯލްކީޕަރު
- އިބްރާހީމް ނާޖިހު (ހޭޓް) / ގޯލްކީޕަރު
- އަބްދުﷲ ޒިމާމް / ގޯލްކީޕަރު
- ޒައިދާން އަހުމަދު/ ގޯލްކީޕަރު
- މުހައްމަދު އިމްރާން
- އިޝާން އިބްރާހީމް (ސައްޓު)
- އަލީ ޝީޔާހް
- އަލީ ޝަމާލް އަބްދުﷲ
- އަހުމަދު ރާހިލް ރަޝީދު
- ހުސައިން ސުހައިލް
- ހުޒައިފަތު ރަޝީދު
- އިސްމާއީލް ވަޖީހު
- މުހައްމަދު އިސާމް
- އަބްދުﷲ ޖުނައިދު (ޖޭއްނެ)
- އަބްދުﷲ ޝާފިއު
- ހުސައިން ޝަރީފް (އޮންލީ)
- އަލީ ހައިސަމް (ޗުމްޕު)
- އަހުމަދު ހަމީދު (އަންމަޑޭ)
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް