ރާއްޖެއަށް ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
ބަންދުން ދޫކޮށްލި މީހުން:
- ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު - އޭނާއަކީ އެޕޯލޯގެ ވެރިޔާ
- މއ. އެވަރގްލޯރީ، އަހުމަދު އާރިފް - އޭނާއަކީ ލޮޓަސްގެ ވެރިޔާ
- ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަޙްމާން - އޭނާއަކީ ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ މީހާ
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ބުނީ، އެ ތިން މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅުމުން އެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، މުހައްމަދު ވަހީދާއި އަހުމަދު އާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައި ވާނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުންކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ. ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީން ބުނީ، އެ މައްސަލައިގައި މިހާރު ބަންދުގައި ތިބި މީހުންގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ސަބަބަކީ އެ މީހުންނަކީ ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އޮތް މީހުން ކަމަށްވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ.
އެ މައްސަލައިގައި ޖުމްލަ 11 މީހަކު ހައްޔަރުކުރިއެވެ. އެ އެންމެންނަށްވެސް ދައުވާކުރަން މިހާރު ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
އަލީ ޔާމިން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ވައްކަމާއި ފޭރުން
ސޭޓުންނެއް ނުހިފެއްޓޭނެއެވެ. ކުއްވެރިވާނީ ފަގީރު ސޮރުންނެވެ. މީ ރާއްޖޭގައި ކަންހިގާނެ ގޮތެވެ. ސަލާމް
ހުސޭނުބެ - 6 މަސް ކުރިން