ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 2.7 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް އެ މުއައްސަސާއަށް ފާހަގަ ކުރެވިގެން މިމަހުގެ ހަތަރުވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕްރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށެވެ.

މި މިއޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.

10 ޑިސެމްބަރު 2025: ކަނޑުމަގުން ރާއްޖެއެތެރެކުރި 2.7 މިލިޔަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ހިފަހައްޓަާފައި --- ފޮޓޯ/ ކަސްޓަމްސް
10 ޑިސެމްބަރު 2025: ކަނޑުމަގުން ރާއްޖެއެތެރެކުރި 2.7 މިލިޔަން ރުފިޔާގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ހިފަހައްޓަާފައި --- ފޮޓޯ/ ކަސްޓަމްސް

"މި އޮޕަރޭޝަނުގައި ބަލާފާސްކުރި ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ވަނީ ފެނިފައި. މިގޮތުން ޖުމްލަ 10800 (ދިހަހާސް އައްސަތޭކަ) ވޭޕް ކާޓްރިޖް ކަސްޓަމްސްގެ ބެލުމުގެ ދަަށަށް ގެނެވިފައިވޭ. މި ކާޓްރިޖުތަކުގެ މަގުމަތީ އަގު 2.7 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ." ކަސްޓަމްސްއިން ބުންޏެވެ.

މިއީ ވޭޕް ގެންގުޅުމާއި ވިއްކުން ރާއްޖޭގައި މަނާކުރިފަހުން ރާއްޖެއަަަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓްއެވެ.

"މިތާރީހުގެ ފަހުން މިހާތަނަށް ޖުމުލަ 66،000 އަށް ވުރެއިން ވޭޕް ހިފަހައްޓާފައިވޭ." ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށްވެސް ކަސްޓަމްއިން ބުންޏެވެ.