ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި/ފްލެޓު/ރޯހައުސް ތަކަށް ދެ ޓަނަށް ވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތް ހަދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ/ތިލަފުށި/ގުޅިފަޅަށް އުޅަނދު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ ފަސް ވަނަ މާއްދާގެ (މ) އަށް ބައެއްް އިތުރުކޮށްފައިވާ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ އުސޫލުގެ 12 ވަނަ މާއްދާގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި/ފްލެޓު/ރޯހައުސް ތަކަށް ދެ ޓަނަށް ވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދު ނުގެނެވޭނެ ކަމަށް ކުރިން އޮތް އޮތުން ބަދަލުކޮށް، ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ޓްރަކް ނުވަތަ ލޮރީ ބާއްވާނެ ޖާގަ އެ ތަނުގައި ހުރިކަމުގައިވާ ނަމަ، ރަޖިސްޓްރީކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާ އުސޫލު އާންމުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން މާލެ ޒޯނުން ލޮރީ ފަދަ ވެހިކަލް ރަޖިސްޓަރީކުރެވެނީ ހަމައެކަނި ވެރިރަށް މާލެއަށެވެ.
އަލީ ޔާމިން
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ