ސައުދީ އާއި ގަތަރާ ދެމެދު ރޭލުގެ ހިދުމަތް ފަށަން ނިންމައިފިއެެވެ.
ސައުދީ އާއި ގަތަރާ ދެމެދު ރޭލުގެ ހިދުމަތް ފެށުމަށް ދެގައުމުން މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިއްޔެ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ސައުދީ ވަލީ އަހުދް މުހަންމަދު ބިން ސަލްމާން އާއި ގަތަރުގެ ޝެއިހް ތަމިން ބިން ހަމަދް އަލްތާނީ ބޭއްވި ބައްދަލުވުމަށްފަހު ވަނީ އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.
އޮފިޝަލުން ވަނީ ރޭލުގެ ހިދުމަތުން ދެގައުމު ގުޅާލާ މަޝްރޫއުގައި ސައުދީގެ ރިޔާދާއި ގަތަރުގެ ދޯހާއާ ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އެދަތުރުގައި ސައުދީގެ ބައެއް ސިޓީތަކުން ރޭލު ދަތުރުކުރުމަށް ރޭވިފައިވާއިރު ސައުދީގެ މައި އެއާޕޯޓުތަކަށް ވެސް ރޭލުން ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ހަމަޖެހިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ގަތަރާއި ސައުދީގެ ރޭލު ޕްރޮޖެކްޓުން ދެގައުމުން 30،000 އަށްވުރެ ގިނަ ވަޒީފާ އިތުރުވެ އާމްދަނީ އިތުރުކުރެވޭނެ މަގު ފަހިވެގެން ދާނެކަަމަށް އޮފިޝަލުން ބުނެއެވެ.
އެޕްރޮޖެކްޓު ރޭވިފައިވާގޮތަށް ކުރިޔަށް ގޮސްފިނަމަ ކުރިޔަށް އޮތް ހަ އަހަރުތެރޭ ދަތުރުތައް ފެށޭޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
785 ކިލޯމީޓަރުގެ ދިގު އެދަތުރުގައި ރޭލު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ގަޑިޔަކު 200 ކިލޯމީޓަރުގެ ބާރު މިނުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ހައްޖު ކޯޕަރޭޝަން
ރިޕޯޓް