ސްރީލަންކާއަށް އެރި ތޫފާން "ދިތުވާ" އާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އާއި މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި މަހަލްދީބް ފައުންޑޭޝަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް އަސާސީ ތަކެތި ފޮނުވަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.
"ދިތުވާ" އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ ލަންކާއަށް 50،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ދޭ 25،000 ކޭސް މަސްދަޅު ކޭސް ވެސް މިހާރު ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ.
އޭގެ އިތުރުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާވެސް ވަނީ ލަންކާއާ ހަވާލުކޮށްފައެވެ.
ލަންކާއަށް އެރި ތޫފާނުގައި އެގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މަރުވި މީހުންގެ އަދަދު 600 އިން މައްޗަށް ވަނީ އަރައިފައެވެ.
އާއިޝަތު މާހާ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ