ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1،830،000 (1.8 މިލިއަން) ސިނގިރޭޓް ސްޓިކްސް މިއަދު ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ބުނީ މިއަދު ނައްތާލީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް އައްޑޫ ސިޓީ ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް ކަމަށެވެ.
އެތަކެތި ނައްތާލާފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑް ސަރަހައްދުގައެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މިދިޔަ އޮކްޓޯބަރު މަހުވެސް ވަނީ ނައްތާލައިފައެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ދެ ކޮންޓޭނަރަކާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލުނު މައްސަލަތަކެއްވެސް މިފަހުން ވަނީ ފެންމަތިވެފައެވެ.
އާއިޝަތު މާހާ
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް