ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ހަ ވަނަ އަހަރު ރާއްޖޭން ހޯދައިފި އެވެ
ބަހުރެއިންގައި އިއްޔެ ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖޭން ވަނީ ދިފާއުކޮށްފައެވެ.
މި އަހަރުގެ އެވޯޑްސްގައި ރާއްޖޭން ވަނީ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ހޯދައިފަ އެވެ.
މީގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓެލްއިން ވަނީ ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓުގެ އެވޯޑު ހޯދައިފައެވެ. އަދި ވޯލްޑްސް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު ލިބުނީ މާލެ އަތޮޅުގައި އޮންނަ މަތީ ފަންތީގެ ރިސޯޓު ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށެވެ.
ރާއްޖެއަށް ލިބުނު ބައެއް އެހެން އެވޯޑްތައް
- ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު: ވައްކަރު މޯލްޑިވްސް
- ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު: ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ)
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް