ގދ. ގައްދޫގައި އަލަށް ގާއިމުކުރާ ހޮސްޕިޓަލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ޖުމުލަ 2700 މީހުންގެ އާބާދީއެއް ދިރިއުޅޭ ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރިކަޒެކެވެ.
ގައްދޫގައި އަލަށް ގާއިމުކުރާ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ.
ގައްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދިﷲ ނާޒިމެވެ. އެ ރައްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި ގައްދޫ ކައުންސިލުުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
"ގައްދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން، ގައްދޫން ލިބޭ ސިއްހީ ފަރުވާ ފުޅާވެ، އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުުުގެ މަގުފަހިވާނެ. މިއީ ގައްދޫ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ލިބިގެންދާނެ ކަމެއް،" އެމްޓީސީސީން ބުންޏެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 101.7 މިލިއަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 30 އެނދުގެ ޖާގައިގެ ހަަތަރު ފްލޯގެ އިމާރާތެއް 18،613 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކުރުން.
- 2،563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފްލޯގެ ސާވިސް ބްލޮކެއް އިމާރާތް ކުރުން.
- 3،573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފްލޯގެ އެކަމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުން.
ފާތިމަތު ލިއުޝާ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ