ގދ. ގައްދޫގައި މިއަހަރު ޑަޔަލިސިސްގެ ހިދުމަތް މިފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިންމާލަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
ގައްދޫގައި އާންމު ސިއްހީ ހިދުމަތާއި ލެބޯޓްރީގެ ހިދުމަތް މިހާރު ވެސް ލިބެމުންދާ އިރު، މި ސަރުކާރުން ވަނީ އަލަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ފަރުވާ އާއި އަންހެނުންގެ ބަލިތަކުގެ ހާއްސަ ފަރުވާގެ ހިދުމަތް އެ ރަށުގައި ފަށާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ގދ. ގައްދޫ
ކޮމެންޓް