ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި މަސްތުވާތަކެތި ފޮރުވައިގެން ވިއްކި މީހަކު 25 އަހަރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެ މައްސަލައިގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ޖަލަށް ލުމަށް ހުކުމް ކުރީ ގދ. ގައްދޫ، އަލީ ޝަޒީނު، 37، އެވެ.
މި މައްސަލައަކީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލައިގައި ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.
ގައްދޫ މެޖިސްޓްރޭޓު ކޯޓުން މި މައްސަލައިގައި ނިންމީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އޮގަސްޓް 10، 2021، ގައެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު 1، 2021، ގައެވެ.
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް