ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 834,843 ޑޮލަރު (12،868،653.06 ރުފިޔާ) ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.
ދިވެހި 29 މީޑިއާގެ ބައިވެރިވުމާ އެކު ބޭއްވި "ސިލޯނާއެކު ދިވެހީން" ވަނީ 29 ގަޑިއިރަށް ކުރިއަށް ގެންގޮސްފައެވެ.
ޓެލެތޯނުން ލިބުނު ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ ރާއްޖެއިން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަސްއޫދު އިމާދެވެ.
ޓެލެތޯނަށް ދިވެހި ރައްޔިތުންގެ އިތުރުން ދިވެހި ސަރުކާރުގެ ފަރާތުން ވަނީ 50،000 ޑޮަލަރު ހަދިޔާކޮށްފައެވެ. ޓެެލެތޯނަށް އެންމެ ބޮޑު ފަންޑެއް ދީފައިވަނީ ފުލުހުންގެ ފަރާތުންނެވެ. އެއީ ދެ މިލިއަން އަށްވުރެ ގިނަ ރުފިޔާއެވެ.
ރާއްޖޭގެ ބައެއް ވިޔަފާރިތަކުންވެސް ވަނީ ޓެލެތޯނަށް ބޮޑެތި އަދަދުން ފައިސާ ހަދިޔާކޮށްފައެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ