ޔޫއޭއީގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭސްގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިއްޔެ ދޭން ފަށައިފިއެވެ.
އެ އެއާލައިންގެ ހިދުމަތް އާ ޓާމިނަލްގައި ފެށުމަށް އެ ތަނުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެ ހަފުލާގައި އެ އެއާލައިންގެ އޭރިއާ މެނޭޖަރު ސެންޓްރަލް ރެހާން މުހައްމަދު ފާއިޒު އާއި އެއާޕޯޓް މެނޭޖަރު މުނާޒް އަލީ އަދި އެމްއޭސީއެލްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
އެމްއެސީލުން މިއަދު ބުނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން އިއްޔެ ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އިއްތިހާދު އެއާލައިނުން ވީއައިއޭގެ އާ ޓާމިނަލަށް ކައިރި ކުރި ފުރަތަމަ މަތިންދާބޯޓުން އައި 180 ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަކޮށް ސަގާފީ ހަރަކާތެއް ވެސް ވަނީ ހުށަހަޅައިފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ނޮވެމްބަރު 1، 2011 ގައި ރާއްޖެ އަށް ދަތުރުތައް ފެށި އިއްތިހާދު އެއާވޭސްއަކީ ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ފެށި ޔޫއޭއީގެ ތިން ވަނަ އެއާލައިނެވެ. އަދި އިއްތިހާދު އެއާވޭސްއާ އެކު، އާ ޓާމިނަލުން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު 29 އަށް އެރީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ