ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް އެމްފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން މިއަދު އިއުލާންކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގައި ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ސްރީ ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށެވެ.
އެ ލިމިޓެޑް ޓައިމް އޮފާ ފަރުމާކޮށްފައިވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށާއި އެ ހިދުމަތަކީ މަނީގްރާމްއާ ޕާޓްނާވެގެން ކުރިއަށް ގެންދެވޭ ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތާއެކު:
- ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ
- ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފާ ލިމިޓް
- ފޯމު ފުރަން ނުޖެހޭ، ސަފުގައި މަޑުކުރަން ނުޖެހި ޑިޖިޓަލީ ފައިސާ ފޮނުވާލުން
- އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން
އުރީދޫން ބުނީ ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފާ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެ ކަމަށެވެ.
އެ މަސައްކަތާ ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ގައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭކަން ފާހަގަކުރެއްވިއެވެ.
"ޓްރާންސްފާ ފީއާ ނުލައި، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގުސަދެއް ހާސިލުކުރާ އެއްޗެއްކަން ކަށަވަރުކުރުން. އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން،" އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.
މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް ބޭނުންކޮށް، މުޖުތަމައަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުރީދޫން ދެކެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް