ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އެކަމުގެ ސާވޭއެއް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ކުރިޔަށް ގެންގޮސްފި އެވެ.
މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޮގަސްޓް 21 ގައެވެ.
އެމްޓީސީސީއިން އެ މަޝްރޫއަށް ހިޔާލު ހުށަހެޅުމަށް ހާއްސަ ލިންކެއް އިއްޔެ ތައާރަފުކޮށް، ހުޅުވާލިއެވެ. މިއަދު ވަނީ އެ ސާވޭ ބަންދުކޮށްފައެވެ. އަދި އެ ސާވޭގެ ނަތީޖާއެއް އެމްޓީސީސީން ހާމައެއް ނުކުރެއެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ތަރައްގީކުރުމަށް ނިންމާފައިވެއެވެ. އޭގެ އިތުރުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތާއި އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ތެރޭގައި، ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ