އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެ އެވެ.

މެލޭޝިޔާ ސަރުކާރުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ގެއްލިފައިވާ އެ ގައުމުގެ ފްލައިޓު އެމްއެޗް 370 ހޯދުމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ މިމަހުގެ 30 ވަނަދުވަހުން ފެށިގެންނެވެ.

239 ފަސިންޖަރުންނާއެކު 2014 ވަަނަ އަހަރު މެލޭޝިޔާގެ ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރުކުރި އެ ފްލައިޓު ގެއްލިފައިވާއިރު އެއީ އޭވިއޭޝަން ހަޔާތުގައި ދުނިޔެ ދުށް އެންމެ އަޖައިބު ކުރަނިވި ހާދިސާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަ އެ އޮޕަރޭޝަން 55 ދުވަހަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

އެމްއެޗް 370 ހޯދުމަށް މި އަހަރުގެ މާޗް މަހުވެސް މަސައްކަތް ފެށި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ މަަސައްކަތް ވަނީ ހުއްޓުވައިފައެވެ.