ރާއްޖޭގައި ޓޫރިޒަމް ޓްރޭއިން ރިސޯޓް ތަރައްގީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން މިއަދު ފާސްކުރި ބިލަށް އެކަމާބެހޭ މާއްދާތައް އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި އެ ދާއިރާގައި ހިދުމަތް ކުރާ މީހުން ބިނާކުރުމަށް ގައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ ރިސޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ސާފުކޮށް އެނގޭނެހެން ގަވާއިދު ހެދުމަށްވެސް ވަނީ ހިމަނައިފައެވެ.
ބިލްގައިވާގޮތުން ޓޫރިޒަމް ޓްރެއިނިން ރިސޯޓްގައި، ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީންކުރާ މަރުކަޒެއްގެ ހިދުމަތް ފޯރުކޮށްދިނުމާއެކު، އެ މަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް އަމަލީ ތަޖުރިބާ ހޯދޭނެ ގޮތުގެމަތިން އެތަނަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަ ކުރެވިފައި ހުންނަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޓޫރިޒަމާ ގުޅުހުން ހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ވެސް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު