އެއާއިންޑިއާގެ ފްލައިޓެއް ސޭފްޓީ ސެޓްފިކެޓް ހަމަނުކޮށް ދުއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑިއާގެ އޭވިއޭޝަނާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، އެއާއިންޑިއާގެ ފްލައިޓެއް އެއާ ވޯދިނެސް ސެޓްފިކެޓް ނުވަތަ ވައިގެ އުދުހުން ދުއްވުމަށް ހުއްދަ ދެވޭ ސޭފްޓީ ސެޓްފިކެޓް މުއްދަތު ހަމަވެފައިވަނިކޮށް ދުއްވި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ އަންނަނީ ބަލަމުންނެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަނުން އެ ފްލައިޓުގެ މަރުކާ ހާމަނުކުރި ނަމަވެސް އޮފިޝަލުން ވަނީ އެއީ އެއާ އިންޑިއާގެ އެއާބަސް އޭ320 މަރުކާގެ ފްލައިޓެއް ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން އެއާ އިންޑިއާގެ އެ ފްލައިޓު ސަލާމަތީ ލިޔުންތައް ހަމަނުކޮށް 8 ދަތުރު ކޮށްފައިވެއެވެ. ސިވިލް އޭވިއޭޝަނުން މިހާރު އެ ފްލައިޓު ދަތުރުތައް ހުއްޓުވައި ގްރައުންޑު ކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
އެއާ ބަސްގެ ފްލައިޓެއްގެ މައްސަލަ ފެންމަތި ވި ނަމަވެސް އެ މައްސަލައިގައި އެއާބަސް އިން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެެއްނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެއާއިންޑިއާގެ އަހަރީ އޮޑިޓުން ވެސް އެ އެއާލައިންގެ ސޭފްޓީއާ ގުޅޭ 51 މައްސަލަ ފެންމަތި ވެފައިވާކަަން ފާހަގަވެފައިވެއެވެ.
މުހައްމަދު އައުޒަމް
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ