އަމިއްލަ ކަމެއް ދިމާވެގެން ޗުއްޓީއަކަށް އެދިފައިވާތީ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯއަށް ވަކި މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުރުގުއާއީގެ ޑިފެންޑަރު އަރައުހޯއަކީ ބާސާގެ ކެޕްޓަނެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އަރައުހޯއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ.
ބާސާއިން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި އަލާވޭސް ކައިރިން 3-1 އިން މޮޅުވި އިރު، އެ މެޗަށްފަހު ކޯޗު ހާންސީ ފްލިކް ބުނީ އަރައުހޯ ނުކުޅުނީ ބަނޑު ސަކަރާތްވެގެން ކަމަށެވެ.
އިތުބާރު ނޫހެއް ކަމަށްވާ ދި އެތުލެޓިކުން ބުނީ، އިއްޔެ ބާސާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯއާއި އަރައުހޯގެ އެޖެންޓާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމަކީ އަރައުހޯގެ އަމިއްލަ ހާލަތެއް ދިމާވެ، ކުޅުމާ ދުރަށް ޖެހިލަން ބޭނުންވާތީ، އެކަމުގެ ހުއްދަ ހޯދަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އޭގެފަހުން އަރައުހޯގެ ހާލަތާ ގުޅިގެން ސުވާލުކުރުން ބާސާ ކޯޗު ފްލިކް ބުނީ، އެއީ ހާއްސަ ހާލަތެއް ކަމަށެވެ. އަދި އަރައުހޯގެ އަމިއްލަ ދިރިއުޅުމުގެ ކަމެއްގައި މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފްލިކް ބުނި އިރު، އޭނާ އިތުރަށް ބުނީ އެކަމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ