ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަންހެން ފުޓުބޯޅަ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް 100،000 ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ދޭން ނިންމައިފިއެވެ.
އެފްއޭއެމްއިން ބުނީ އަންހެން ޓީމުތަކަށް ފައިސާގެ އެހީތެރިކަން ދޭން ނިންމާފައި ވަނީ ފީފާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެ އެހީތެރިކަން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އަލުން އަންހެން ފުޓުބޯޅަ ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތުގައި ކްލަބުތަކަށް އެހީވުމުގެ އިތުރުން އަންހެން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ފުޅާކުރުމަށް ކަމަށެވެ.
އޭގެ އިތުރުން ލީގުގެ ފެންވަރު ރަނގަޅުކުރުމަކީ އެފްއޭއެމްއިން ބޭނުންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިފަހަރު އެފްއޭއެމްއިން އަންހެން ފުޓުބޯޅަ ލީގެއް ފަށާފައި ވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. މީގެ ކުރިން 2014 ވަނަ އަހަރަށްފަހު ރާއްޖޭގައި ރަސްމީ ސިފައެއްގައި އަންހެން ފުޓުބޯޅަ މުބާރާތެއް ބޭއްވިގެން ގޮސްފައެއް ނުވެއެވެ.
އެ މެދުކެނޑުމަށްފަހު އިއްޔެ ހެންވޭރު ދަނޑުގައި އަންހެން ފުޓުބޯޅަ ލީގު ފެށީ ހަ ޓީމާއެކުގައެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި، ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު
އެފްއޭއެމް އަންހެން ފުޓުބޯޅަ ލީގު