މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެތުލީޓްސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލައިފިއެވެ.
މިފަހަރު އެމްއޯސީން އެތުލީޓްސް ކޮމިޓީގެ މެމްބަރު ކަމަށް ހުޅުވާލީ މިއަހަރުން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް ކުރިއަށްދާ ދައުރަށެވެ. އެމްއޯސީން އިއްޔެ ކުރި އިއުލާނުގައި ބުނީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނީ ފަސް މެމްބަރުންގެ ކޮމިޝަނަށް ކެނޑިޑޭޓުން ނޮމިނޭޓް ކުރާ އިރު، މަދުވެގެން ދެ އޮލިމްޕިއަނުންގެ ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއީ އަންހެން އަދި ފިރިހެން އެތުލީޓަކަށް ވުންވެސް ވަނީ ލާޒިމު ކޮށްފައެވެ.
އޮލިމްޕިއަނުން ނޮމިނޭޓް ކުރުމުގެ އިތުރުން މެމްބަރުން ނޮމިނޭޓް ކުރުމުގައިވެސް ތަފާތު ކުޅިވަރުތަކުން ނެގުމަށް އިސްކަންދޭންޖެހޭ އިރު، މެމްބަރު ކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
އޮލިމްޕިކް ކޮމިޓީން އިއުލާނުގައި ބުނީ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން، ފޯމު ފުރިހަމަ ކުރުމަށް ފަހު، އޮރިޖިނަލް ކޮޕީ އޮލިމްޕިކް ކޮމިޓީ އޮފީހަށް ހުށަހަޅަން ޖެހޭނީ އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަނަށް އެޑްރެސްކޮށް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ [email protected] ނޫނީ [email protected] އަށް އީމެއިލް ކުރުމަށް އޮލިމްޕިކް ކޮމިޓީން ވަނީ ގެޒެޓުގައި ހިމަނައިފައެވެ.
މިފަހަރުގެ އެތުލީޓްސް ކޮމިޓީގެ އިންތިހާބަށް ހާއްސަ ކޮމިޓީއެއް ނަގާފައިވެއެވެ. އެމްއޯސީން ރުހުން ދީފައިވާ އެ ކޮމިޓީގެ ޗެއާމަނަކީ އަލީ ސަލީމެވެ. ދެން ހިމެނޭ މެމްބަރުންނަކީ އަހުމަދު ޝިފާން އަބްދުލް ރަހީމާއި އަހުމަދު އަސްލަމެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ