އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ހިދުމަތް ކަމަށްވާ އެމް ފައިސާ އިން، އޮންލައިން ފުޑް ޑެލިވަރީ އަދި ގްރޮސަރީ ޕްލެޓްފޯމެއް ކަމަށްވާ އީޒެޕްއާ ގުޅިގެން، ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް ނިންމައިފިއެވެ.

އުރީދޫން މިއަދު ބުނީ ކަސްޓަމަރުންނަށް މިހާރު ކާބޯތަކެތި ޑެލިވަރީއަށް ޕަސް ޕަސަންޓް ޑިސްކައުންޓް އަދި ގްރޮސަރީސް ގަތުމަށް ދިހަ ޕަސަންޓު ޑިސްކައުންްޓު ލިބެން ހުންނާނެ ކަމަށެވެ.

އެ ޑިސްކައުންޓް ހޯދުމަށް އީޒެޕްއިން ފައިސާ ދައްކާ އިރު، "MFAISAA" ކޯޑު ޖަހަންވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އެ ޕްރޮމޯޝަންގެ ބޭނުމަކީ ކޭޝްލެސް، ފަސޭހަ ޑިޖިޓަލް ޕޭމަންޓްތަކަށް ހިތްވަރުދިނުމާއި އެމް ފައިސާ އަދި އީޒެޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

އެ އޮފާ ލިބެން ހުންނާނީ އީޒެޕްގައި ހިމެނޭ ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގްރޮސަރީ ފިހާރަތަކުންކަމަށް އުރީދޫން ބުންޏެވެ.